English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ އިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހުޅުމީދޫ އެމްޓީސީސީ ސައިޓުން 56 މީހެއްގެ ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 30 މީހުންގެ ތެރެއިން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހުޅުމީދޫ އިން ސާމްޕަލް ނެގި މީހުންގެ ތެރެއިން މިވަގުތު ނަތީޖާ ނުލިބި ހުރި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ހަވީރު ލިބޭނެއެވެ. މިކަމާއި ގުޅިގެން އަދި ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ 7 މީހަކު ކޮވީޑަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެ ރަށްވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ