English Edition
Dhivehi Edition

ހުޅުމީދޫން ކަރަންޓީންގައި ނެތް 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތެކަށް އަރައިފިއެވެ.

މިއަދު އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ހަތަރު މީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލިވެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ޓެސްޓް ހަދަން އަންގައިގެން ހެދި ޓެސްޓުންނެވެ.

މީގެ ކުރިން މާލެއިން އެރަށު އެމްޓިސީސީ ސައިޓުގެ މަސައްކަތަށް ދިޔަ 2 ބިދޭސީއަކުވެސް ހޯމް ކަރަންޓީން ނިންމުމަށް ނެގި ސާމްޕަލްތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުން ކަރަންޓީނުގައި ތިބިއިރު، އިތުރު ބަޔަކާއި ދިމާވެފައިނުވާކަމަށް އެމީހުން ވަނީ މައުލޫމާތު ދީފައެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ޖުމްލަ 60 ވަރަކަށް ބިދޭސީން މަސައްކަތްކުރަމުން އަންނައިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެ ރަށުގައި ހިންގާ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތުގައި އުޅުނު ގިނަ ބިދޭސީންވަނީ ރަށުގެ ފިހާރަތަކަށާއި ހޮސްޕިޓަލް ފަދަ ތަންތަނަށް ޒިޔާރަތް ކޮށްފައެވެ.