English Edition
Dhivehi Edition

ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލު ކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި ރޭ މި ދެ ޓީމް ބައްދަލު ކުރި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ބާސާލޯނާ ކަޓުވާލީގް ޔުވެންޓަސް އާއި ބާސެލޯނާ ގުރޫޕު ޑީގެ ވާދަވެރި މި މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ފުރަތަމަ ލަނޑު ޖަހައި ބާސެލޯނާއަށް ކުރި ހޯދާދީފައިވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޔުވެންޓަސްގެ ތިން ކުޅުންތެރިން ބީޓުކޮށް ގޯލައަށް ބޯޅަ ވައްދައިގެންނެވެ.
ރޭގެ މެޗުގެ ލީޑު 54 ވަނަ މިނެޓުގައި ރަކިޗިޓްގެ ފުޅާކޮށްދީފައިވައިރު މި ތަފާތު އިތުރަށް ބޮޑު ކޮށްދިނީ ލަޔޮނަލް މެސީ އެވެ. މެސީގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިޔަރުގައި ޔުވެންޓަސްގެ ކީޕަރ ބުފޯން ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ކުޅުނު އަނެއް މެޗުގައި އޮލިމްޕިއާކޯސް އަތުން ސްޕޯޓިން ވަނީ 3-2 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސްޕޯޓިންގެ ތިން ލަނޑު ޖަހައި ކުރި ހޯދި ނަމަވެސް އޮލިންޕިއާކޯސް އިން ވަނީ ދެވަނަ ހާފްގައި ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކޮށްފައެވެ.

ރޭގެ މެޗުގައި ސްޕޯޓިންގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ޑޫމްބިއާ އާއި، ގެލްސަން މާޓިންސް އަދި ބްރޫނޯ ފެނާންޑޭސްއެވެ.

އޮލިމްޕިއާކޯސްއަށް ކާމިޔާބުކޮށްދިނީ ޕާޑޯއެވެ

ޓެގު