English Edition
Dhivehi Edition

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖޭގެ 54 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރި، ނިންމުމަށް ޕީޕީއެމުން ތާއީދު ކޮށްފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޑީޖޭއޭއިން ވަކީލުން ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެފަދަ ނިންމެވުމެއް އަންނަނީ ވަރަށް ބޮޑަށް ބެއްލެވުމަށްފަހު އެކަމުގައި އަސާސެއް އޮވެގެން ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ، ހެދިފައި ހުންނާ ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރީމާ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ނިންމާނީ ވަރަށް ބޮޑަށް ކަންކަމަށް ބެއްލެވުމަށް ފަހު ރިއާޔަތް ކުރައްވަން ޖެހޭ ކަންކަމަށް ރިއާޔަތް ކުރައްވާފައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމަކީ އަބަދުވެސް ގާނޫނާ ގަވާއިދާ އެއްގޮތަށް ކަންކަން ކުރަން ބާރު އަޅާ ޕާޓީއެއްކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރީފް ވިދާޅުވީ 200 ވަކީލުން ނަމަވެސް ގޯހެއް ހަދައިފިއްޔާ އެވާނީ ގޯހަކަށް ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ޑީޖޭއޭއިން 54 ވަކީލެއް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ ވަކީލުން މުޒާހަރާ ކުރި ކަމަށް ބުނެ އެވެ. އަދި ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އެވެ.

ޓެގު

1 ކޮމެންޓް
އިބުރޭ
ސެޕްޓެމްބަރު 13, 2017
ސްޕްރިމް ކޯޓް ގެ ނިންމުން ތައް ސައްޙަތޯ ނޫންތޯ ކަޑައަޅާ ފަރާތަކީ ޢަބްދުއްރަހީމް ތޯ؟