English Edition
Dhivehi Edition

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއާއި މިނިސްޓްރީގެ ޓީމެއް މިއަދު ފުވައްމުލައް ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ އެ ސިޓީގައި ގާއިމު ކޮށްފައިވާ “އަމާން ވެށި” ރަސްމީކޮށް ހުޅުވައި ދެއްވުމަށާއި އެ ތަނަށް ފުރަތަމަ ބަދަލު ކުރާ ކުދިން އަމާން ވެއްޓަށް ގެނެސްދިނުމަށެވެ. މިނިސްޓަރ ގެ ޓީމާ އެކު މި ކުދިން ވެސް މިއަދު ފުވައްމުލަކަށް އަންނާނެއެވެ. މި ކުދިންނަކީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިންގެ ތެރެއިން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ އެކިއެކި މުއައްސަސާ ތަކާއި އަދި ޖަމިއްޔާ ޖަމާއަތް ތަކާއި ބައްދަލު ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި ހެދުމަށް ނިންމާފައިވާ އެލްޑަރލީ ޕާކު ހަދާ ސަރަހައްދު ބައްލަވައި ލެއްވުމާއި ބިން ބަލައި ފާސްކުރުން ހިމެނެއެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުވައްމުލަކު ސިޓީން ފުރާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރުގައެވެ.