English Edition
Dhivehi Edition

ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ދެ މައްސަލައެއް ކުރިއަށްދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށް ހައި ކޯޓުގައި ރައުޔަ ނެރުއްވި ޝަހީދުގެ 02 މައްސަލައެއް 2019 ވަނަ ޖޭއެސްސީ އަށް ހުށަހަޅާފައިވާއިރު މިއަދާއި ހަމައަށްވެސް އެ ދެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ޝަހީދު އާއި ގުޅޭ ގޮތުން އޮގަސްޓް 19 ގައި ހުށަހެޅި މައްސަލައަކީ ވަކި ފަރާތެއްގެ މަސްލަހަތު އިސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. އަދި އޭގެ ފަހުން 27 އޮކްޓޯބަރުގައި ހުށަހެޅިފައިވާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއް އޮންނަ އިޖުރާތްތަކާ ދެކޮޅަށް ހިންގާ ކަމަށް ބުނާ މައްސަލައަކެވެ.

ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ މ ދެ މައްސަލަ އާއި ގުޅޭ ގޮތުން ޝަހީދަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ، އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ،