English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ޓަރފް އިންސްޓޯލް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ސަޕްލައިކޮށް ޓާރފް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރި އިއުލާނުގައިވަނީ މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 25 ޖަނައަރީ 2021 ވާ ހޯމަދުވަހު 11:30 އަށް މާފަންނު އިޖުތިމާޢީ މަރުކަޒަށް ވަޑައިގަތުމަށް އެދިފައެވެ. އަދި 04 ފެބްރުއަރީ 2021 ވާ ބުރާސްފަތިދުވަހުގެ 11:30 ގެ ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) އަންދާސީހިސާބު ހުށަހެޅަށްވެސް ވަނީ އެދިފައެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމަލް އަގަކީ 2.49 މިލިޔަން ރުފިޔާއެވެ. މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކުރުމާއި ކޮނުމުގެ އިތުރުން ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެވެ.މި މަޝްރޫޢުގައި ސޮއިކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ.