English Edition
Dhivehi Edition

މުޅި ދިވެހި ރާއްޖެއަށް ހުޅުވާލައިގެން އަންނަ ފެބްރުއަރީ 20 ގައި ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “ހަވަރު ވިމެންސް ހޭންޑްބޯލް ޓޯރނަމެންޓް 2021” ގައި ވާދަ ކުރާ ޓީމް “އައުޓްލޯޒް ކުއީންސް” ގެ މެއިން ސްޕޮންސަރ އަކަށް “އޮކްސް އެނަރޖީ” އަދި ކޯޗަކަށް އާޒިމް ހުސައިން (އެންޑީ) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ކެފޭ ސޮލެއިލް ގައި ބޭއްވި ރަސްމިއްޔާތުގައި “އޮކްސް އެނަރޖީ”ގެ ފަރާތުން ސޮއިކުރެއްވީ “އޮކްސް އެނަރޖީ”ގެ އޯނަރ ޒަހީން މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޓީމްގެ މެނޭޖަރ ނައުފަލް ނަސީމް ބުނިގޮތުގައި “އޮކްސް އެނަރޖީ” ގެ އޯނާރ ޒަހީން މުޙައްމަދު އެޓީމަށް ކުރެއްވި އިތުބާރަށް ޝުކުރުވެރިވާ ކަމަށާއި އަދި މިމުބާރާތުގައި ވެސް “އޮކްސް އެނަރޖީ”ގެ ނަން ފަނޑުވިޔަނުދީ ހިފަހައްޓާނެ ކަމަށް އޭނާ ބުންޏެވެ.

އެޓީމުގެ ކޯޗުގެ ގޮތުގައި އާޒިމް ހުސައިން (އެންޑީ) ފެނިގެން ދިޔުމަކީ އެނާ ދެކެންބޭނުންވި ދުވަހެއް ކަމަށާއި، ކޯޗް އެންޑީ އަކީ މިވަގުތު ތިނަދޫގައި ހުރި އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށް ޗެމްޕިއަން ތަށި އުފުލުމުގެ ޝަރަފު ލިބިފައިވާ އަދި ކޮންމެ ފެންވަރެއްގެ ޓީމެއް ވިޔަސް ގެންގުޅެވޭނެ ވަރުގެ ކޯޗެއް ކަމަށާއި، އެންޑީ އަކީ ޓީމަކާއި ހަވާލު ވެއްޖެނަމަ އެ ޓީމެއް ވިން އަށް ގެންދިޔުމަށް ކުރެވެންހުރި ހުރިހާކަމެއް އަމަލީ ގޮތުން ކޮއް ދައްކާ ތަޖުރިބާކާރު ކޯޗެއްކަން އޭނާ ފާހަގަކުރިއެވެ.

ނައުފަލް އިތުރަށް ބުނިގޮތުގައި މިފަހަރުވެސް އެ ޓީމްގައި އުމުރުން ހަނގު ކުޅުންތެރިން ހިމެނިފައިވާނެ ކަމަށާއި މިކަމުގެ މަގްސަދަކީ ރަށުގައި ކުޅިވަރާއި، ކުޅިވަރުގެ ރޫޙް އާއި ޖޯޝާއި ފޯރި ގަދަ ވަމުންދާ މިފަދަ ދަނޑިވަޅެއްގައި ކުޅިވަރަށް ލޯބިކުރާ ކުޅިވަރުގައި ފާހަގަ ކުރެވޭ ހަނގު ކުޅުންތެރިން އުފެއްދުން ކަން އޭނާ ފާހަގަކުރިއެވެ. އައުޓްލޯޒް އަކީ 2017 ވަނަ އަހަރުން ފެށިގެން ތިނަދޫގައި ބޭއްވޭ ކުޅިވަރުތަކުގެ އިތުރުން އިޖުތިމާއީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ އަދި 2018 ވަނަ އަހަރު ބޭއްވުނު ރެޑްބުލް 5 ގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެ މުބާރާތުގެ މާލެ ރައުންޑަށް ކޮލިފައި ވެފައިވާ ޓީމް އެކެވެ.

2020 ވަނަ އަހަރު އައުޓްލޯޒް ކުއީންގެ ނަމުގައި އަންހެން ކުޅުންތެރިންނާއި އެކު ޓީމެއް އުފައްދާ ރަށުގައި ފުރަތަމަ ފަހަރަށް ކަނބަލުންނަށް ޙާއްސަ ކޮށްގެން ބޭއްވުނު ޑަބްލިޔު.ޑީ.ސީ ހިޔަލަ ފުޓްސެލް މުބާރާތުގައި އުމުރުން ހަނގު ކުޅުންތެރިއެއް ދަނޑުމައްޗަށް ނެރެދީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އެޓީމުގެ ކުޅުންތެރިއެއް ކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން “އައުޓްލޯޒް” އަކީ އެ މުބާރާތުގެ އެންމެ މޮޅު ސަޕޯޓަރުންގެ ޓީމް ގޮތުގައި ހޮވިފައިވާ ޓީމެވެ.