English Edition
Dhivehi Edition
ގއ. ވިލިނގިލީ މަގެއްގެ މަތި: ދެއްވަދޫ ކްލަސްޓަރ އާއި ގުޅުން ހުރި ކޭސް އެއް ފެނި މި ރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތުގައި؛ ފޮޓޯ އޭއޯ ނިއުސް

ކޮވިޑް 19 ގެ ބިރުވެރިކަން ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ފިޔަވައި ހުވަދު އަތޮޅުގެ ރަށް ތަކަށް ފެތުރެން ފަށައިފިއެވެ. ޑިސެމްބަރު މަހުގެ 23 ވަނަ ގއ. ދެއްވަދޫން ފެނުނު ފުރަތަމަ ކޭސް އާއެކު ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން އިތުރު ކޭސްތަކެއް ފެނި އެރަށު ކްލަސްޓަރގެ ކޭސްތަކުގެ އަދަދުވަނީ މިހާރު 30 އަށްވުރެ ގިނަވެފައެވެ.

މީގެ އިތުރުން އެ އަތޮޅުގެ ދާންދޫ އާއި ވިލިނގިލިން މިއަދު މިވަނީ އިތުރު ކޭސްތަކެއް ފެނި 2 ރަށް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިއީ ވެސް ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި ކޭސްތަކެވެ. އެޗްއީއޯސީން ވިދާޅުވެފައިވަނީ ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންގއަށް ލާފައިވަނީ ގއ.ދެއްވަދޫގެ ކްލަސްޓަރއާ ގުޅޭ ކޭސްތަކެއް ފެނިގެންކަމަށެވެ.

ވިލިނގިލިން ޕޮޒިޓިވް ވެފައިވަނީ އެ ރަށުގައި ހުންނަ، އެ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ކިޔަވާ ދަރިވަރެކެވެ. ދަރިވަރު ޕޮޒިޓިވް ވުމާއި ގުޅިގެން ސްކޫލް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ވިލިނގިއްޔާއި ދާންދޫގައި ވެސް ކޮންޓެކްޓް ޓްރޭސިންގ ހަދަން ވަނީ ފަށާފައެވެ. މި ދެރަށް މޮނިޓަރިން އަށް ލާފައިވާ އިރު އާދައިގެ މަތިން މި ދެ ރަށުން ވެސް އެ އަތޮޅުގެ އެހެން ރަށް ރަށަށް އަދި ގދ. އަތޮޅަށް ވެސް މީހުން ވަނީ ދަތުރުކޮށްފައެވެ.

މީގެ އިތުރުން ވެސް ހުވަދު އަތޮޅު ފާހަގަ ކޮށްލެވެނީ މި އަހަރުގެ އަހަރު ޗުއްޓީގައި ދެކުނުގެ 4 އަތޮޅުގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ދަތުރު ކުރި ސަރަހައްދުގެ ގޮތުގައެވެ.

ހުވަދޫ އަތޮޅުގައި ޖުމްލަ 230 ރަށް އޮންނަ އިރު މިއީ ރާއްޖޭގެ 1190 ރަށްތަކުގެ ގާތްގަޑަކަށް 20 އިންސައްތަ ރަށެވެ. ކޮވިޑް 19 ގެ ކްލަސްޓާ އެންމެ ފުރަތަމަ ގއ. ދެއްވަދޫން ފެނި އެރަށް ބަންދުކުރުމާއެކު މުޅި ހުވަދޫ އަތޮޅު ގުޅިގެން އެރަށަށް އެހީތެރިވުމަށް ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގއ. އަތޮޅާއި ގދ. އަތޮޅުން ދެއްވަދޫ އަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި އެފަދަ އެހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނު ފޯރުކޮށްދީ ގެންދަނީ ނަމޫނާ ދައްކަމުންނެވެ.

ކޮވިޑް 19 ގެ އެންމެ ފަހުގެ އެޗްޕީއޭގެ އަޕްޑޭޓް: