English Edition
Dhivehi Edition

ގއ. ދާންދޫ އިން 2 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ މިކަން އާންމުކޮށް އަންގައި ދާންދޫ ކައުންސިލަށް ލިޔުން ފޮނުވާފައެވެ.

ދާންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ އެރަށުން ރެންޑަމް ކޮށް ނެގި ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ އުމުރުން 20 އަހަރާއި 21 އަހަރުގެ އަންހެނުން ކަމަށެވެ.

ދާންދޫ އިން 2 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ވިލިނގިލިން ވެސް ވަނީ ސްކޫލް ގެ ދަރިވަރަކު ޕޮޒިޓިވް ވެ ސްކޫލްގެ ކިޔެވުން ވެސް ބަންދުކޮށްފައެވެ.