English Edition
Dhivehi Edition
ބ. މާޅޮސް - ފޮޓޯ: މާޅޮސް ކައުންސިލް

ބ. އަތޮޅު މާޅޮހުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާޅޮހުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެ ރަށުގެ ކައުންސިލް ގުޅިގެން، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެން ހިންދުމުގެ މަސައްކަތަށް ތައްޔާރުވަމުންދާ ކަމަށެވެ.

ވިއްސާރަވުމުގެ ސަބަބުން މާޅޮހުގައި ފެންބޮޑުވެފައިވާއިރު، މެޓް އޮފީހުން ވަނީ މިއަދު 07:00 އިން 12:00 އަށް ހއ. އަތޮޅުން މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.