English Edition
Dhivehi Edition

މެއިންޓެނަންސް ދާއިރާގެ ގަވައިދުތަކާ ހިލާފުވެގެން އައްޑޫ ސިޓީ ގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) 35،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އެންފޯސްމެންޓް ގަަވައިދުގައިވާ ގޮތުން އޭއޭއޭ މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އޭއޭއޭ ޖޫރިމަނާކޮށް އެތަނުގެ ގިނަ ކަންތައްތަކެއް އިސްލާހު ކުރަން ސިވިލް އޭވިއޭޝަނާއި ޓްރާންސްޕޯޓު އޮތޯރިޓީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެތަނަށް އަންގައިފަ އެވެ. ސިވިލޭވިއޭޝަނުން ބުނެފައިވަނީ އެންމެ ފުރަތަމަ ކަމެއް ރަނގަޅު ކުރަން އެންގުމަަށްފަހު ޖޫރިމަނާ ކުރާނެ އަދަދާއި، އެކަން ތަކުރާރު ކުރާނަމަ ދެން ޖޫރިމަނާ ކުރާއިރު ދަރަޖައިގެ ތަފާތު އަންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު 35،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި ދެން ޖޫރިމަނާ ކުރާއިރު ދަރަޖައިގެ ތަފާތު އަންނާނެ ކަމަށެވެ.

ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100،000 ރުފިޔާ އެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަ އާއި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅޭ މައްސަލާގައި ހައްލެއް ހޯދފައިނުވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.