English Edition
Dhivehi Edition

މިމަހުގެ 9 ވަނަ ދުވަހު ޝަންގްރިއްލާ ރިސޯޓު ކައިރިއަށް މޫދަށް ތިރިކުރި އައްޑޫސިޓީ ގަމުގައި ހުންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް(އޭއޭއޭ) ގެ މަތިންދާ ބޯޓު ކަނޑުއަޑިން މިއަދު ނަގައިފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި ޓްރެއިނިންގ ސްކޫލުގެ ބޯޓު އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައިއެވެ. އެ ބޯޓު ކަނޑަށް ޖެއްސިއިރު އެ ބޯޓުގައި ތިބި ދެ މީހުން ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯންޏަކުން ނަގާފައި ވެއެވެ.

ބޯޓު ވެއްޓުނު ދުވަހުގެ އިރުއޮއްސި 18:30 ހާ ކަންހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބޯޓުގައި ތިބި ދެމީހުން ސ. ފޭދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވެއެވެ.

އިންޖީނު ފެއިލްވުމުގެ ސަބަބުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ކައިރިއަށް ޖެއްސި މި ބޯޓު ދުއްވަން އިނީ އައްޑޫސިޓީ މަރަދޫ ޝާޒް، ސަމްހާ މުޙައްމަދު ފަހުމީއެވެ. ސަމްހާއަކީ ޕައިލެޓު ޓްރެއިނިން ހަދަމުން އަންނަ ދަރިވަރަކެވެ. އޭނާއާއިއެކު ބޯޓުގައި އިންސްޓްރަކްޓަރަކަށް ހުރީ އިންޑިއާާގެ މީހެކެވެ. މިދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ.

މިހާދިސާ ހިނގި ވަގުތު ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ދޯނި އެ ސަރަހައްދުގައި އޮތުމުން ދޯނީގައި ތިބި މީހުންނަށް ބޯޓު ވެއްޓުނު މަންޒަރު ފެނިފައިވެއެވެ.

ފްލައިން ސްކޫލްގެ ބޯޓު

އައްޑޫސިޓީ މަރަދޫ ޝާޒް، ސަމްހާ މުޙައްމަދު ފަހުމީ