English Edition
Dhivehi Edition

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާއިޒް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގެ މުއްދަތަކީ 30 ދުވަސްކަމަށެވެ. އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ، މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ މި 3 އަވަށަށް 1 ކްލާސް، އަދި ހިތަދޫ އަވަށަށް 1 ކްލާސް ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. މުޅިން ހިލޭ ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތަކަކީ ހޮނިހިރު، ހޯމަ، ބުދަ ދުވަހު 20:00 – 22:00 އަށް ހިތަދޫގައި، އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު 20:00 – 22:00 ފޭދޫގައި އަދި ހުޅުމީދޫގައި ހޮނިހިރު، ހޯމަ، ބުދަ 20:00 – 22:00އެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 7896014 އަށް ގުޅުއްވާ ނަން ނޯޓް ކުރުމަށް ކައުންސިލުންވަނީ އެދިފައވެެ. . 2020 ވަނަ އަހަރު ބޭއްވުމަށް ނިންމި މި ކޯސް ކޮވިޑް19 ގެ ސަބަބުން ފަސްކޮށްފައިވާއިރު މި ކޯހުގައި ބައިވެރިވުމަށް ކުރިން ނަން ނޯޓް ކޮށްފައިވާ ފަރާތްތަކުންވެސް އަލުން ނަން ނޯޓު ކުރުމަށް ވަނީ އެދިފައެވެ.