English Edition
Dhivehi Edition

އަންހެނުންނަށް ރައީސްކަމަށާއި، ނާއިބް ރައީސްކަމަށް ވާދަކުރެވޭ ގޮތަށް ޖެނުއަރީ 30 ގައި އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވަން ފާސްކޮށްފިއެވެ. 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބް ރައީސް އިންތިޚާބް ކުރުން ފަސްކުރީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހިމެނޭ އަސާސީ ޤަވާޢިދަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލުގެނައުމަށް ފަހު އެވެ.

އެއީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމަށްކަމަށް އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އިންތިޙާބާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ޕާޓީގެ މައި އިދާރާގެ ނަމްބަރު 3342671 ފޯނާއި [email protected] އީމެއިލް މެދުވެރިކޮށް ހުށައެޅޭނެކަމަށްވެސް އަދާލަތު ޕާޓީން ހާމަކުރެއެވެ.