English Edition
Dhivehi Edition

ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ދަޢުވާކުރުމަށް މިމަހުގެ 31 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. އިދިކޮޅު ސިޔާސީ މައި ޕާޓީ ގެ އެންމެ އިސް މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 2020 އޮކްޓޯބަރ 26 ވަނަ ދުވަހުއެވެ.

އަދުރޭއާއި މެދު ހުށަހަޅާފައިވާ މައްސަލައަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުން އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއުފުލާފައިވަ ދައުވާއެކެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މިމައްސަލައިގައި އަދުރޭގެ މައްޗަށް ދަޢުވާ ކުރަނީ ޤާނޫނުލް އުޤޫބާތުގެ 615 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމުގެ ކުށެވެ. މިކުށް އަދުރޭގެ މައްޗަށް ސާބިތު ވެއްޖެނަމަ އެންމެ ބޮޑު އަދަބަކަށް ދެވޭނީ ތިން މަހަށް ޖަލަށް ލުމެވެ.