English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުން ދ. ކުޑަހުވަދޫގެ މައްޗަށް 2-0 ލަނޑުން ގދ. ތިނަދޫ ކުރި ހޯދިއިރު ނިއުރެޑިއެންޓް ސްޕޯޓް ކުލަބް އިން ށ.މިލަންދޫ 1-0 ބަލިކޮށްފިއެވެ.

ތިނަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗްގެ ފެށިގެން މެޗް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ތިނަދޫއިންނެވެ. އަދި މެޗްގައި އެ ޓީމުންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ތިނަދޫ ބަލިކޮށް މިނިވަން ޗެމްޕިއަންޝިޕުގެ ތަށި އުފުލާލި ކުޑަހުވަދޫއާއި ތިނަދޫ ކުޅުނު މެޗުގައި ތިނަދޫ އަށް ކުރި ހޯދައިދިނީ ފުރަތަމަ ހާފްގެ 31 ވަނަ މިނެޓުގައި އިމްރާން ނަޝީދެއެވެ. ތިނަދޫގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޖް އިވާން އެވެ.

މި މެޗުން މޮޅުވެ ތިނަދޫ އަށް ވަނީ ލީގުގައި މިޙާތަނަށް ކުޅުނު 5 މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު ކުޑަހުވަދޫއަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓްކެވެ.

އުރީދޫ ޕްރިމިއަ ލީގުގައި ރޭ ށ. މިލަންދޫ އަތުން 1-0 އިން މޮޅުވެ ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ވަގުތީ ގޮތުން ނިއު ރޭޑިއަންޓް ވަނީ ޖެހިލާފައެވެ.

ނިއުގެ ފަރާތުން މުޅި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނިއުއިން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ދެވަނަ ހާފްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބިދޭސީ ޕޯވާޑް ގަލާޑޯއެވެ.

އުރީދޫ ޕްރިމިއަ ލީގުގައި ރޭ ކުޅުނު މެޗަށް ފަހު 12 ޕޮއިންޓާ އެކު އެއް ވަނަ އަށް ނިއުރެޑިއެންޓް އެރިއިރު އެއް މެޗު މަދުން ކުޅެ 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ މާޒިޔާއެވެ. މާޒިޔާ މިއަދު ގްރީންސްޓްރީޓްސް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު އަލުން އެއް ވަނަ އަށް އަރާނެ އެވެ.