English Edition
Dhivehi Edition

އަހަރީ ޗުއްޓީ އާއި ދިމާކޮށް ގއ. ގެމަނަފުށީ ޑްރީމް އެޑިއުކޭޝަނުން ކުރިއަށް ގެންދިޔަ ސްޓަޑީ ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މުޅިއެކު 45 ކުދިން ބައިވެރިވި މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 30 ޑިސެމްބަރު ގެ ނިޔަލަށެވެ.
ޑްރީމް އެޑިއުކޭޝަން ސެންޓަރގެ އިސްފަރާތެއް ކަމުގައިވާ އަމާނުﷲ އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ‌މިފަދަ ކޭމްޕެއް ރާވައި ހިންގުމުގެ މައިގަނޑު މަގުސަދަކީ ބޮޑު ޗުއްޓީ އާއި ދިމާކޮށް ދަރިވަރުން އިނގިރޭސީގެ އެކި އެކި ބައިތަކަށް ފެންވަރު ރަނގަޅުކުރުމާއި ކުރިޔަށް ދަރިވަރުން ބަދަލުވާ ގުރޭޑަށް ދަރިވަރުން ތައްޔާރުކުރުމަށާއި އަދި މީގެ އިތުރުން އިނގިރޭސި ބަސް ލިޔުމާއި ކިޔުމާއި އަޑުއެހުމާއި ވާހަކަދެއްކުމާއި އަދި އިނގިރޭސީ ބަހުގެ ގަވާއިދަށް ދަރިވަރުންގެ ލެވެލް މަތިކުރުން ކަމުގައެވެ.

މި ކޭމްޕުގައި ކިޔަވައިދީފައިވަނީ ދެ އެސިސްޓެންޓު ޓީޗަރުން ކަމަށްވާ މަރިޔަމް މާޝާ އަދި މުހައްމަދު އަޙުލާމެވެ.

ޑްރީމް އެޑިޔުކޭޝަނުން ބުނީ ގެމަނަފުށީ ކައުންސިލުން މި ކޭމްޕު ކުރިއަށް ގެންދިއުމުގައި ވަރަށްވެސް ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށެވެ. އަދި ކޭމްޕުގައި ބެލެނިވެރިން ދެއްވި އެއްބާރުލުން އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މިއީ ޑްރީމް އެޑިޔުކޭޝަނުން ބޭއްވި މިފަދަ 3 ވަނަ ކޭމްޕް ކަމަށްވާއިރު ކުރީ ފަހަރުތަކުގައި ކޭމްޕުގައި ބައިވެރިވެފައިވާ ދަރިވަރުންނާ އަޅައި ބަލާއިރު މިފަހަރުގެ ކޭމްޕުގެ ބައިވެރިވި ދަރިވަރުން އިތުރު ކަމުގައިވެސް އެފަރާތުން ބުނެއެވެ. މީގެ އިތުރުން އަންނަ އަހަރުގައި ވެސް މި އަށްވުރެ ފެންވަރު ރަނގަޅުކޮށް ދަރިވަރުންނަށް ސުޓަޑީ ކޭމްޕުތަކެއް ރާވައި ހިންގާނޭ ކަމަށް ވެސް ޑްރީމް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.