ރާއްޖޭގައި ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެމުން އަންނަ އޮންލައިން ނޫހެއްކަމަށް ވާ ވަގުތު އޮންލައިން އަށް ބަޔަކު އިންޒާރު ދެމުންދާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަޙުގީގު ކުރަމުން އެބަދެއެވެ.
ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް ތަޙުގީގު ކުރަމުން ދާ ކަމަށާއި ތަހުގީގުގެ މި މަރަޙަލާގައި ވަގުތު ނޫހަށް ބޭނުންވާ އެހީތެރިކަން ފުލުހުން ފޯރުކޮށްދެއްވަމުން ދާ ކަމަށެވެ. އިތުރަށް ފުލުހުން ވިދާޅުވީ މީޑިއާގެ ފަރާތްތަކަށްދޭ މިފަދަ އިންޒާރުތައް ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި މިފަދަ މައްސަލަ ތައް ޚާއްސަ ސަމާލުކަމެއް ދީގެން ތަޙުގީގުކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީން ކަން އަރުވާކަމަށެވެ.
ވަގުތު ނޫހަށް އިންޒާރު ދެމުންދާ މި ދަނޑިވަޅަކީ ވަގުތު 26 ތަހުގީގުގެ ނަމުގައި އައްޑޫ ގައި ހަރުކަށި ފިކުރު ގެ ވިއުގަ އުފެދިފައިވާ ކަމަށްބުނެ އެކަމުގައި ޝާމިލްވާ ކަމަށް ބުނާ މީހުންނާއި ތަންތަނުގެ ނަންތައް ހާމަކޮށް އެވާހަކަ ގެނެސްދިނުމާ ގުޅިގެން މީސްމީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެކެވެ.