އައްޑޫސިޓީ ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ސިޓީ ސެންޓްރަލްގެ އަހަރީ ސޭލް ފަށައިފިއެވެ. ޖެނުއަރީ 12 ގެ ނިޔަލަށް ކުރިއަށްދާ މިސޭލްގައި 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓެއް ހޮވާލެވޭ އައިޓަމްތަކުން ލިބެން ހުރިއިރު މިފިހާރައިގައި ވިއްކާ ގިނަ އައިޓަމްތައް މީގެ ތެރޭ ހިމެނެއެވެ.
ސިޓީ ސެންޓްރަލްއިން ވަނީ މިދުވަސްވަރާ ދިމާކޮށް ސެންޓް ސޭލްއެއްވެސް ފަށާފައެވެ. އެކިބްރޭންޑްތަކުގެ މޮޅު ސެންޓްގެ ކޮންމެ ފުޅިއެއް 50 ރުފިޔާއަށް ލިބެންހުރުމުގެ އިތުރަށް 4 ފުޅި ސެންޓް ބައްލަވައިގަތުމުން ހިލޭ އިތުރު 3 ފުޅި މި ޕްރޮމޯޝަންގައި ލިބެއެވެ.
ސްޕޯޓްސްގެ ގިނަ ސާމާނުތަކާއި ފައިވާނާއި ބޫޓު ފަދަ ޢާއްމުކޮށް ބޭނުންވާ ހުރިހާ ތަކެއްޗާއެކު ސިޓީ ސެންޓްރަލް އައްޑޫގައި ހިންގަން ފެށުން ވެގެންދިޔައީ ރަށުގައި ތިބެގެން ބޭނުންވާ ހަމަކޮންމެ އެއްޗެއް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެން ދިޔަ ކަމަކަށެވެ.
އެގޮތުން ސްކޫލްކުދިންނަށް ބޭނުންވާ ދަބަހާއި ބޫޓާއި ބެލްޓާއި ފެންފުޅިފަދަ ހުރިހާ ސާމާނަކާއެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިޔަރ އެންޑް ސޭލް ވެފައިވަނީ ގިނަ ބަޔަކަށް އަގުހެޔޮކޮށް އެއްތާކުން ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭ ސޭލްއަކަށެވެ.
ސިޓީ ސެންޓްރަލް އިން ބުނީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު، އެކިއެކި ބޭނުންތަކަށް އައްޑޫސިޓީއަށް އަންނަ ފުވައްމުލަކާއި ހުވަދޫ އަދި އެހެން ހިސާބުތަކުގެ ގިނަ ޢަދަދެއްގެ މީހުން ބާޒާރުކޮށްލުމަށް އެތަން ޚިޔާރު ކުރާކަމަށެވެ.
ސިޓީ ސެންޓްރަލް އިން ކުރިއަށް ގެންދާ ޕްރޮމޯޝަނާއި ގުޅޭ އިތުރު މަޢުލޫމާތު އަދި އެތަނުން ވިއްކާ ސާމާނުތައް އެފިހާރައިގެ ފޭސްބުކް ޕޭޖު އަދި ވެބްސައިޓުން ބަލާލެވޭނެއެވެ.