English Edition
Dhivehi Edition

އާ އަހަރާ ދިމާކޮށް ހަވާ އަރުވަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެމްއެންޑީއެފުން ނިންމައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހަވާއެރުވޭނީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކޮށްފައިވާ ރިސޯޓުތަކުގައި ކަމަށެވެ. ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް ވެސް ހީނަރުކަން އައިސްފައިވާތީ އެހެން އަހަރު ތަކާ ޚިލާފަށް އާއަހަރުގެ ފެށުން ފާހަގަ ކުރަން މާލޭގައި ވެސް އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިއަހަރު ހަވާ ނައަރުވާނެކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ހަވާ އެރުމުގެ ކަންކަން މިރޭ ރާއްޖޭގެ 43 ރިސޯޓެއްގައި ހަމަޖެހިފައިވާއިރު، މިކަމުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ސިފައިންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.