English Edition
Dhivehi Edition

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފއިެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން އިސްނަންގަވައިގެން ތިނަދޫގައި ޤާއިމުކުރެވިފައިވާ ހުރިހާ ސަރުކާރު މުއައްސަސާތަކާއި ކްލަބު ޖަމިއްޔާތައް ބައިވެރިކޮށްގެން މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ގަސް އިންދާފައިވަނީ ތިނަދޫ ސްޓޭޑިއަމުގައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތިނަދޫ ސްޓޭޑިއަމު ސަރަހައްދުގައި އަލަށް ގާއިމުކުރެވުނު ކޮމިއުނިޓީ ސެންޓަރުގެ ކުރިމައްޗާއި އުތުރު ފަރާތަށް ވާގޮތަށް ޖުމްލަ 64 ބަގީޗާ ގަސް އިންދާފައި ވާނެ ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ. އަދި މި ގަސްތަކަށް ފަސޭހައިން ފެންދީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރާނެކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫ ކައުންސިލަކީ އަބަދުވެސް ރަށުގައި ހަރަކާތްތެރިވާ ސަރުކާރު މުއައްސަސާތަކާއި ގާތް ގުޅެމެއް ބާއްވާ ކްލަބު ޖަމިއްޔާތައްވެސް އެކީ މަސައްކަތްކޮށް ރަށް ކުރިއެރުވުމަށް ބާރުއަޅާ ކައުންސިލެއްކަން ފާހަގަކުރެވެއެވެ.