English Edition
Dhivehi Edition
ފުވައްމުލައް ސިޓީ - ފޮޓޯ: އޮލިގެ ސްޓޯރ

ފުވައްމުލައް ސިޓީގެ އީސާނާއިބު މަގުގެ ދެފަރާތުގައިވާ ޗަސްބިން ސަރަޙައްދަށް ކުނި ނޭޅުމަށް އަންގައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ފުވައްމުލަކު އީސާ ނާއިބު މަގުގެ ދެފަރާތުގައި ޗަސްބިން ސަރަޙައްދަށް އާންމު ރައްޔިތުން ގިނަ އަދަދަކަށް ކުނި އަޅަމުންދާކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެޙެއްޓުމާއި ބެހޭ ޤާނޫނުގެ 93/4 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖް ކުރުމާއި ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުނި އަޅަންވާނީ އެކަމަށް ޙާއްސަކޮށް، ތަންފީޒީ އިދާރާއިން ހުއްދަ ދީފައިވާ ތަންތަނަށް ކަމަށާއި، ހަމަ އެ މާއްދާގެ (ށ) ގެ ދަށުން ޗަސްބިން ފަދަ ތަންތަނަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ ކުށެއް ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އީސާނާއިބު މަގުގެ ދެފަރާތުގައިވާ ޗަސްބިން ސަރަޙައްދަށް ކުނި އެޅުމަކީ މަނާކަމެއް ކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ.