English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗު 5-0 ލަނޑުން މެންޗެސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފުރަތަމަ ހާފްގެ 24 ވަނަ މިނެޓްގައި ސާޖިއޯ އަގުއޭރޯގެ ލަނޑުން ސިޓީ ލީޑު ނަގާފައިވަނިކޮށް ލިވަޕޫލްއަށް މެޗުގެ ނަތީޖާ އަނބުރާލުމަށް އިތުރު ހުރަސްތަކާއި ދިމާވެފައިވަނީ ލިވަޕޫލްގެ މެދުތެރެ ބެލެހެއްޓުމާއި ހަވާލުވެ ހުރި ސަޑިއޯ މާނޭގެ ބޫޓޫން ސިޓީގެ ކީޕަރ އެޑަސަންގެ މޫނު މަތީގައި ޖެހުމުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
މިރޭގެ މެޗުގެ ދެވަނަ ހާފްގައި ސިޓީން ލިވަޕޫލްގެ ކޮޅަށް ހަތަރު ލަނޑު ޖަހައިފައި ވާއިރު މީގެ ތެރެއިން ދެލަނޑު ގެބްރިއަލް ޖީސަސް ޖަހާފައިވާއިރު ސިޓީގެ އަނެއް ދެ ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ލިއޮރީ ސާނޭ އެވެ.
މި ނަތީޖާއާއި އެކު ލިވަޕޫލް 7 ޕޮއިންޓާ އެކީ ތާވަލުގެ 5 ވަނައިގައި އޮތް އިރު ސިޓީ އޮތީ ތާވަލުގެ އެއް ވަނަގައި ގައެވެ.އަދި މިރޭ މެންޗެސްޓަރ ޔުނައިޓެޑް އާއި ސްޓްރޯކް ސިޓީ ބައްދަލު ކުރާ މެޗުތަކުގެ ނަތީޖާ އާއި އެކު ލީގް ތާވަލަށް ބަދަލުތަކެއް އަންނާނެވެ.