English Edition
Dhivehi Edition

ސ. ހުޅުދޫ ކްލަބް ޖަމިއްޔާ އެއްކަމަށްވާ ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) ގެ ފަރާތުން ކުރިއަށް ގެންދާ ނޭޗާ އާރޓް ހޭންޑް ޕެއިންޓިންގ ކޯސް މިއަދު ފަށައިފިއެވެ.

މި ކޯސް ކުރިއަށް ގެންދަން ހަމަ ޖެހިފައިވަނީ މި މަހު 26 އިން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށެވެ.

މި ކޯހާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ކޯސް އިންތިޒާމް ކުރި ފަރާތުން ބުނީ މި ކޯސް ހުޅުވާލީ ހުޅުދޫ އަދި މީދޫގެ އެކި އުމުރުފުރާގެ ކުދިންނަށްކަމަށެވެ. އެގޮތުން މި ކޯހުގައި ދެރަށުގެ 35 ކުދިން ބައިވެރި ވެފައިވާކަމަށް އެ ފަރާތުންވަނީ ބުނެފައެވެ

މި ކޯހުގެ މަގުސަދަކީ ކުރެހުމަށް ޝައުގު ހުރި ފަރާތްތަކަށް އިތުރު ހުނަރު ދަސްކޮށްދީ ކުރެހުމުގެ ރޮނގުން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައި ދިނުމުގެ އިތުރުން މި ޗުއްޓީގައި ކުދިން ފޫހިވެފައި ގޭގައި ތިބުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ ހުނަރެއް ކުދިންނަށް ދަސްކޮށް ދިނުން ކަމަށް ކޯސް އިންތިޒާމް ކުރާފަރާތުން ބުންޏެވެ.

މީދޫ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒްގައި ކުރިއަށްދާ މިކޯސް ނިންމާ ކޮންމެ ބައިވެރިއަކަށް ސެޓިފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.