English Edition
Dhivehi Edition
17 ޑިސެންބަރު 2020: ހއ. އިހަވަންދޫގައި ހަވާ އަރުވަނީ - ފޮޓޯ: އެމްއެންޑީއެފް

ހއ. އިހަވަންދޫގައި މިރޭ ހަވާ އަރުވާނެ ކަމުގައި އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

މިއީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ މުނާސަބަތުގައި ހިންގާ ހަރަކާތެކެވެ. އެގޮތުން އެކަމާއި ގުޅިގެން މިއަދު ހަވީރު އިހަވަންދޫގައި ވަނީ ސިފައިންގެ ޚާއްޞަ ޝަރަފުގެ ހިނގާލުމެއްވެސް ބާއްވައިފައެވެ.

މިރޭ އިހަވަންދޫގައި ހަވާ އަރުވާއިރު، އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުޅުއްދުއްފުއްޓާއި ހއ. ދިއްދޫގައިވެސް ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ އުފަލުގައި ޝަރަފުގެ ހިނގާލުމެއް ބާއްވައި، ވަނީ ހަވާ އަރުވައިފައެވެ.