English Edition
Dhivehi Edition

މާލޭގައި ހިންގާ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި ގ. ސަލްމާން ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވެ ވަނީ އަލިފާން ނިއްވާލައިފައެވެ.

މީގެ އިތުރުން އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 11:17 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އަލިފާން ރޯވެފައި ވަނީ ބަދިގޭގައި ހުރި ގޭސްފުޅިއެއްގެ މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި، އަލިފާނުގެ އަސަރުން ގޭސްފުޅިގެ ހޮޅި އަނދާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ހާދިސާގައި ފިހުނު ބިދޭސީއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމުގައިވެސް މަޢުލޫމާތު ލިބެއެވެ.