English Edition
Dhivehi Edition
17 ޑިސެންބަރު 2020: ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން މިއަދު ހއ. ދިއްދޫގައި އޮންނާނެ ކަމުގައި އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ޝަރަފުގެ ހިނގާލުން އޮންނާނީ މިއަދު 16:30 ގައި ކަމަށެވެ. އަދި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ކުރިމަތިން ކަމުގައިވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ރަށުގައި މިރޭ 20:00 ގައި ހަވާ އަރުވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމެއް އިއްޔެ ހަވީރު ހދ. ކުޅުދުއްފުށީގައިވެސް ކުރިއަށްގެންގޮސްފައިވާއިރު، ރޭ އެ ރަށުގައިވެސް ސިފައިން ވަނީ ހަވާ އަރުވައިފައެވެ.