English Edition
Dhivehi Edition
17 ޑިސެންބަރު 2020: ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުމެއް މިއަދު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފިއެވެ.

އެއީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގައި ބޭއްވި ހިނގާލުމެކެވެ. އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި މިއަދު 16:00 ގައި އެ ޝަރަފުގެ ހިނގާލުން ފެށީ އަފީފުއްދީން ސްކޫލް ކުރިމަތިން ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މިރޭ 20:00 ގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.