English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ޓްވިޓާ

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން މިއަދު ކުޅުދުއްފުށި ސިޓީގައި އޮންނާނެ ކަމުގައި އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ޝަރަފުގެ ހިނގާލުން އޮންނާނީ މިއަދު 16:00 ގައި ކަމަށެވެ. އަދި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އަފީފުއްދީން ސްކޫލް ކުރިމަތިން ކަމުގައިވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މިރޭ 20:00 ގައި ހަވާ އަރުވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.