English Edition
Dhivehi Edition
ވީއައިއޭގައި ޤާއިމްކޮށްފައިވާ ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރަ - ފޮޓޯ: އިންސްޓަގްރާމް (އޮތެންޓިކް މޯލްޑިވްސް)

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މ. ކަނީރުވިލާގައި ހުޅުވުމަށް ހަމަޖެހިފައިވާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ބީސީސީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ އެއީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެއް ކަމުގައި ބުނެފައެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2020 ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، އެ ސެންޓަރަށް ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް އެ ސެންޓަރުން އެދެއެވެ.