ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ޑްރޮޕިންގ ސެންޓަރެއް ޤާއިމްކޮށް ހިންގުމަށް ޝައުގުވެރިވާ ޖަމިއްޔާ، ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެންޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި، ނަން ނޯޓުކުރާނީ [email protected] އަށް މެއިލްކޮށްގެން ކަމަށެވެ. އަދި އެ މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށެވެ.
އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 30 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 10:00 ގައެވެ. މާލޭގައި ނަމަ ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އެ އެޖެންސީގައި ކަމަށާއި، ފުވައްމުލަކާއި އައްޑޫ އިން ޕްރޮޕޯސަލް ހުށަހަޅާނީ އެ ސިޓީއެއްގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑީޓޮކްސިފިކޭޝަން ސެންޓަރުގައެވެ.