English Edition
Dhivehi Edition
އޮޑިޓަރ ޖެނެރަލްގެ އޮފީސް - ފޮޓޯ: ފޯސްކޮއަރ

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓެއް ހަދައިދޭނެ އޮޑިޓް ފާމެއް ހޯދަން އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ޚިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.