English Edition
Dhivehi Edition
ޓެކްސް އެޕީލް ޓްރައިބިއުނަލް - ފޮޓޯ: ފޯސްކޮއަރ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރަސްމީ ލޯގޯ ކަނޑައެޅުމަށްޓަކައި މުބާރާތެއްގެ ގޮތުގައި ލޯގޯ ފަރުމާކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ގެޒެޓް އަދި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 22 ޑިސެމްބަރ 2020 ވަނަ ދުވަހު 14:00 ގެ ކުރިން އެ ޓްރައިބިއުނަލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށްވެސް އެ އޮފީހުން ވަނީ އެދިފައެވެ.