English Edition
Dhivehi Edition

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އަންނަ ފަތުރުވެރިންގެ އަތުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަންޖެހޭނެކަމަށް މައުސޫމް ވިދާޅުވިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބައެއް ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާފައިވާއިރު އޭރު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓްހައުސްތައް ނުހުޅުވާން ނިންމީ ކޮވިޑް19 ފެތުރޭ މިންވަރަށް ބެލުމަށްފަހުގައެވެ،