English Edition
Dhivehi Edition

ހަރިކޭން އިރްމާ ކެރީބިއަން ސަރަހައްދުގެ ރައްތަކަށް އަރަައި 14 މީހުން މަރުވެ، އެމެރިކާގެ ފްލޮރިޑާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.

މިތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިރު އުތުރު ކެރީބިއަން ސަރަހަރައްދުގެ ރަށްތަކަށެވެ. މި ސަރަހައްދުން 14 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެއީ ބާބުޑާ، ސެއިންޓް މާޓިން، ބްރިޓިޝް އެންޑް ޔޫއެސް ވާރޖިން އައިލޭނޑްސް އަދި މިރަށް ރަށުގެ ކާރީގައިވާ ރަށްރަށަށެވެ. މި ރަށްތަކުގެ ގެތަކާއި ހޮސްޕިޓަލްތަށް ވަނީ ބިމާ ހަމަވެފައެވެ. އަދި ބޮޑެތި ގަސްތަށް ވަނީ ވައިގެ ސަބަބުން އުފުރިގެން ގޮސްފައެވެ.

އިރްމާގެ ފަހުގެ ހަރަކާތްތަކަށް ބަލާއިރު ބުރާސްފަތި ދުވަހު، ގަޑިއަކު 265 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހި ޑޮމިނިކަން ރިޕަބްލިކް އަދި ހެއިޓީގެ އުތުރު އައްސޭރިފަށަށް ވަނީ އަސަރު ކޮއްފައެވެ. އިރްމާ އަދިވެސް ވަނީ ކެޓެގަރީ 5 ގެ ތޫފާނެއްގެ ގޮތުގައެވެ. މިއީ އެމެރިކާގެ ނޭޝަނަލް ހަރިކޭން ސޭންޓަރުން އެންމެ ބާރުގަދަ ތޫފާންތައް ފައްތާ މިންގަޑެވެ.

އިރްމާ އެންމެ ފަހުން ހުރީ ގްރޭޓް އިގުއާނާ އައިލޭނޑާ 85 ކިލޯމީޓަރު ދެކުނުގައެވެ. އަދި ތުފާނުގެ ސަބަބުން 6 މީޓަރުގެ ބާނިތައް ނާގާ، ބަހާމާސް އައިލޭންޑްސް އަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ދެން ކިއުބާގެ ތެރެއިން ގޮސް ކެޓެގަރީ 4 ގެ ތޫފާނެއް ގޮތުގައި އާދީއްތަ ދުވަހު ވަރަށް ބާރުގަދަ ތޫފާނެއްގެ ގޮތުގައި ދެކުނު ފްލޮރިޑާ އަށް އަރާނެއެވެ. އަދި ކުރިއަށް އޮތް 48 ގަޑި އިރު ތެރޭ ފެންބޮޑުވެ އުދަ އަރަން ފަށާނެ ކަމަށް ބެލެވެއެވެ.

ކެރެބިއަން އައިލޭނޑްސް ގެ އެކި ސަރަހައްދުތަކުން މީހުން ރައްކާތެރި ހިސާބަށް ގެންދަން މަސައްކަތް ކުރަމުންދާއިރު، އިތުރު ތޫފާނަކަށްވެސް ދަނީ ތައްޔާރު ވަމުންނެވެ. ކެޓެގަރީ 3 ގެ ބާރުގަދަ ތޫފާނު ހޯޒޭ ހަމަ މިސަރަހައްދަށް ހޮނިހިރު ދުވަހު އަރާނެ ކަމަށް ވަނީ ލަފާ ކޮއްފައެވެ.

އެ ސަރަހައްދުގެ ކާރިޘާތަކުން ރައްކާތެރިވުމާ ބެހޭ އިދާރާއާއި ހަވާލުވެ ހުންނެވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އެމީހުންގެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ތޫފާނުގެ ސަބަބުން ކަންޑު ގަދަވެ ނަގާ ބާނި ތަކާއި އަދި ބޯ ވިއްސާރަކަމަށެވެ. އ.ދ އިން ބުނެފައިވަނީ އިރްމާގެ ސަބަބުން 37 މިލިއަން މީހުންނަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ދެކުނު ފްލޮރިޑާ އަދި ކައިރީގައި އޮންނަ ޖޯޖިއާއިން މީހުން ދަނީ މިވަގުުތު ބާލަމުންނެވެ.