English Edition
Dhivehi Edition

ކުރިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ނަގަމުން އައި ބަންޑާރަ ބިމުގެ ކުލި ނެގުން ކައުންސިލުތަކާއި ހަވާލުކުރަން ނިންމައިފިއެވެ.

މިހެން ނިންމައިފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން ބޮޑެތި މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުން ނަގާ ބިމު ކުއްޔަކީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައެޅުމާ ގުޅިގެންނެވެ.

އެހެންކަމުން އެލްޖީއޭގެ ލަފަޔާ އެކު އެފަދަ ބިންތަކުގެ ކުލީގެ ގޮތުގައި މީރާ އިން ބަލައިގަންނަމުން ދިޔަ ފައިސާ މާދަމާ އިން ފެށިގެން ބަލައިގަތުން ހުއްޓާލާނެ ކަމަށް އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި މާދަމާ އިން ފެށިގެން އެ ކައުންސިލެއްގެ އިހުތިސޯސްގެ ތެރޭގައި ހިމެެނޭ ބިންތަކުގެ ކުލި ބަލައިގަންނާނީ އެ ކައުންސިލަކުން ކަމަށް ވެސް މީރާ އިން ވަނީ ބުނެފައެވެ.