English Edition
Dhivehi Edition

މިރުހަކީ ދިވެހީން ގެ ތެރޭގައި ވަރަށް އާންމުކޮއް ބޭނުން ކުރާ ފަސޭހައިން ލިބޭ ތަރުކާރީގެ ބާވަތެކެވެ.މީގެއިން ހަކަތަ،ފައިބާރ،ޕުރޮޓީން،ފެޓް އަދި ވިޓަމީންސް ލިބިދެއެވެ.

މިރުހުގައި ހިމެނޭ “ކައިއެން” ކިޔާ މާއްދާއެއްގެ ސަބަބުން ލޭގައި ކޮލެސްޓްރޯލް އަދި ޓްރައިގްލިސެރައިޑްގެ މިންވަރު ދަށްކޮށްދީ، ގަނޑުލޭކޮޅު އުފެއްދުމަށް ޕްލޭޓްލެޓް ޖަމާވެ އެކަތިގަނޑަކަށްވުމަށް ހުރަސް އަޅައެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދެއެވެ. މިއީއެކަންކަމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދޭނެ ކަންކަމެވެ.

މިރުހަކީ ހުޅުތައް ދުޅަވުން ފަދަ ކަންކަމާއި ވިދިގެން އުފެދޭ ދުޅަ ތިރިކޮށްދޭ އެއްޗެކެވެ. އަދި މިއީ ތަދުފިލުވާދޭ އެއްޗެކެވެ. މިރުސް ބޭނުންކުރުމުން ދުޅަތިރިކޮށްދީ، ތަދުކަނޑުވައިދެނީ އޭގައި ހިމެނޭ “ކެޕްސައަސިން” ގެ ސަބަބުންނެވެ.

މިރުހަކީ ވިޓަމިން ސީ އިން މުއްސަދި އެއްޗެކެވެ. ގަވާއިދުން ވިޓަމިން ސީ ހިމެނޭ ކާނާ ބޭނުންކުރުމަކީ ބަލިތަކުން ދުރުކޮށްދީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށޮދޭނެ ކަމެކެވެ.

މިރުހުގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ބާރު މިރުހަށް ލިބިފައި ވެއެވެ

މިރުހުގައި ވިޓަމިން އޭ އަދި ވިޓަމިން ސީ ފަދަ މުހިއްމު ވިޓަމިންތައް ހުރެއެވެ.ވިޓަމިން އޭ ލޮލުގެ ފެނުމަށް އެހީތެރިވެދޭއިރު، ވިޓަމިން ސީ އަކީ ލޯފުސްވުމުން މިންޖުކޮށްދޭ މާއްދާ އެކެވެ. މިރުހުގައި ގިނަ އަދަދަކަށް ކެލްސިއަމް ހުންނަކަން ފާހަގަ ކުރެވެއެވެ. ކެލްސިއަމް އަކީ ކަށިތަކާ ދަތްތައް ވަރުގަދަކޮށްދޭ މާއްދާ އެކެވެ.

މިރުހަކީ ތަފާތު ގިނަގުނަ ފައިދާ ލިބިދޭ އެއްޗެކެވެ.