English Edition
Dhivehi Edition

ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގައި، ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އއ.މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހދ.ކުޅުދުއްފުށީ ހަދިޔާގޭ އިބްރާހިމް އާދަމް (27 އަހަރު) ހޯދުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އިބްރާހިމް އާދަމް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފަައިނުވުމުގެ ސަބަބުން އިބްރާހިމް އާދަމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.

ސާބިތު ޚަރަދު ހޯދުމުގެ މައްސަލައެއްގައި ހޯދަމުންދާ އިބްރާހިމް އާދަމްގެ އެއްވެސް މައުލޫމާތެއް އެގިލައްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ނަންބަރ 991442 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުންވަނީ އެދިފައެވެ.

މީގެ އިތުރުން ގެއްލިގެން ހޯދާ ( ރަޖިސްޓްރީ ނަންބަރ AAOB / P9953 ) ސައިކަލެއް ހޯދުމުގައިވެސް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ފުލުހުންވަނީ މިއަދު އިއުލާންކޮށްފައެވެ. ގެއްލިގެން ހޯދަނީ ވޭވް125 އައި ގެ ނޫކުލައިގެ ސައިކަލެއް ކަމަށާއި އެންމެ ފަހުން މިސައިކަލް ފެނިފައިވަނީ “ފުޑް ކޯޓް” ކައިރިން އިއްޒައްދީން މަގުންކަމަށް ފުލުހުން ވިދާޅުވިއެވެ. ސައިކަލް ފެނިއްޖެނަމަ 3322111 / 3322112 އަށް ގުޅައިިގެން މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުންވަނީ އެދިފައެވެ.

އަދި މިފަދަ ކަންތައްތަކުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.