English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޤާއިމުކުރާ އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އިއުލާންކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކަލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕޮރޮޖެކްޓްގެ ދަށުން އައްޑު ސިޓިގައި ޤާއިމްކުރާ އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތުގެ ނުނިމި ހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނުގެ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ އެންމެ ފަހުގެ ތާރީހަކީ 25 މެއި ވާ ބުރާސްފަތި ދުވަހެވެ. ބީލަމުގައި ބައިވެރިވުމަށް /500ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަންޖެހޭ އިރު ފީ ބަލައިގަތުން ކުރިއަށްދާނީ 19 އެޕްރީލް އިން ފެށިގެން 25 މެއިގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީއިންނެވެ.މީގެ އިތުރުން މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35,000.00ރ (ތިރީސްފަސްހާސް ރުފިޔާ) ހުށަހަޅުއްވަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށައަޅާ ތާރީޚުންފެށިގެން 119 ދުވަހެވެ. ބީލަން ހުޅުވުން 29 މެއިވާ ހޯމަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިނގްގެ ޖަލްސާކުރާ މާލަމުގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެ އިއުލާންގައި ބަޔާންކޮށްފައިވާ ގޮތުން މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑްބޭންކު ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު، އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.