English Edition
Dhivehi Edition
ޤާޒީ އާދަމް އާރިފް - ފޮޓޯ: އަޙްމަދު ޝުރާއު (އަވަސް)

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛް އާދަމް އާރިފްއާ ބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙުޤީޤު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ކޮމިޝަނުން އިސްނަގައިގެން 24 އޭޕްރީލް 2019 ވަނަ ދުވަހު ތަޙުޤީޤު ކުރުމަށް ނިންމަފައިވާ ޑްރަގް ކޯޓުގެ ޤާޟީ، އާދަމް އާރިފްގެ ސުލޫކީ މައްސަލަ ތަޙުޤީޤު ކުރެވި، އެ މައްސަލަ ސާބިތު ނުވާ ކަމަށް 18 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 87 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ޖޭއެސްސީން ތަޙުޤީޤު ކުރީ ޤާޟީ އާދަމް އާރިފްގެ ކޮން ސުލޫކީ މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.