English Edition
Dhivehi Edition

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 200 މީހަކު ބަންގްލަދޭޝް އަށް އަނބުރާ ފޮނުވާލައިފި އެވެ.

ސައްހަ ލިޔެކިއުމެއް ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގައުމަށް އެނބުރި ދާން ބޭނުންވާ ރައްޔިތުން ފޮނުވާލުމަށްޓަކައި ދިވެހި ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިއްޔެވެސް 200 މީހަކު އަބުރާ ގައުމަށް ފޮނުވާލާފައިވާއިރު މޯލްޑިވިއަނުން ވަނީ މިހާތަނަށް ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ވިއްސަށްވުރެ ގިނަ ދަތުރުކޮށްފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 4000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުންވަނީ އެމީހުންގެ ގައުމަށް އެބުރި ގޮސްފައެވެ.

.ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ފަށާފައިވާއިރު މި އަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

“ބޭބޭ، މަސައްކަތް ނެތީ، ކާނެ އެއްޗެއް ނެތީ، ލާރިއެއް ދެވެނީތަ؟”

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ގެ އަދަދުވަނީ ލައްކައަކާއި ގާތް ކޮށްފައެވެ.