English Edition
Dhivehi Edition

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.

އެގޮތުން ފުލުހުން ބުނީ ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ 2020 ނޮވެމްބަރ 03 ވަނަ ދުވަހު މާލޭގެ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު، ފައިސާ ދެއްކިކަމަށް ސައްހަނޫން ބެންކް ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަޙުޤީޤަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.