ވިންޑް ސާފިންގ އަށް ދިޔަ ދެ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ވިންޑް ސާފިންގ ބޯޑެއްގައި ލ. މާމެންދޫ އިން ކ. ހިތަދޫ އަށް ދަތުރުކުރި ދެ ދިވެހިންގެ ޚަބަރެއް ނުވެގެން، އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ފަށާފައިވާ ކަމަށެވެ.
Windsurfing board eh gai L.Maamendhoo in L. Hithadhoo ah dhathurukuri 2 dhivehin ge khabareh nuvegen MNDF Central Area Coast Guard Squadron in harakaaiytherivaan fashaifi. Mi haadhisaa ge report libifai vany miadhu 11:30 haairu. pic.twitter.com/Rpg99EFQJZ
— Maldives National Defence Force (@MNDF_Official) November 18, 2020
އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 11:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.