ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ އައްޑޫ ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން އައްޑޫސިޓގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުން ހޯދި އެއްވަނަ އާއެކު ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ސ. ފޭދޫ ފަރިމާގޭ އާމިނަތު އީނާ އަށް ދީފިއެވެ.
އީނާ އަށް ވަނީ މި ކޯހުން ލިބުނު ވަނަ އާއެކު އިންޑިއާގެ ދިއްލީގައި ޖާނަލިޒަމް އިން ޑިޕްލޮމާ ކޯހެއްގައި ބައިވެރިވުމަށް ފުރުސަތު ހޯދާދީފައެވެ.
ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫ އަދި ހުޅުމީދޫގައި ކުރިއަށް ގެންދިޔަ ޖާނަލިޒަމް ކޯހުގައި 12 ދަރިވަރަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ދަރިވަރުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާގައި އަމަލީ މަސައްކަތް ކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ދަރިވަރުންނަށް އޭއޯ އިން ވަނީ އެ ފުރުސަތު ހޯދާދީފައެވެ.
އޭއޯ ނިއުސް އިން މީގެ ކުރިން ވެސް އައްޑޫގައި ނޫސްވެރިން ތަމްރީން ކުރުމުގެ ގިނަ ޕްރޮގްރާމް ތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު ސްކީމާއި ގުޅިގެން މިއަހަރު މިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގައި ވެސް ކޯސްތަކެއް ހިންގާފައެވެ. އެގޮތުން ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ގައި ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގައި ކޮންމެ ޕްރޮގްރާމަކުން 1 ވަނަ ހޯދި ދަރިވަރަށް ރާއްޖޭން ބޭރުން ދާއިރާގެ ސްކޮލަޝިޕް ފުރުސަތު ވަނީ ހޯދާދީފައެވެ.
އިން މީގެ ކުރިންވެސް އައްޑޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގްރާމު ތަކެއް ހިންގާ ގިނަ ޒުވާނުންތަކެއް މިދާއިރާއަށް ނެރެދީފައިވާއިރު އޭއޯ ނިއުސް އާއި ސްކީމްގެ ގއ. ޗެޕްޓަރ ގުޅިގެން އެ އަތޮޅު ގެމަނަފުށި އަދި ވިލިގިލީގައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަށް އިތުރު ޕްރޮގްރާމު ތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.