English Edition
Dhivehi Edition
އެމްއާރުސީން މަރަދޫ ޞިއްޙީ މަރުކަޒަށް ހަދިޔާކުރި ފޭސް މާސްކާއި ފޭސް ޝީލްޑް ހަވާލުކުރަނީ - ފޮޓޯ: އެމްއާރުސީ

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އިން އައްޑޫ ސިޓީގެ ދެ އަވަށެއްގެ ޞިއްޙީ މަރުކަޒުތަކަށް ފޭސް މާސްކާއި ފޭސް ޝީލްޑް އިއްޔެ ހަދިޔާކޮށްފިއެވެ.

އެގޮތުން އެމްއާރުސީގެ އައްޑޫ ގޮފިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ޖަމިއްޔާއިން މަރަދޫ ޞިއްޙީ މަރުކަޒާއި، ފޭދޫ ޞިއްޙީ މަރުކަޒަށް 1،000 ސާޖިކަލް މާސްކު އަދި 200 ފޭސް ޝީލްޑް ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމްއާރުސީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލަށްވެސް 2،000 ސާޖިކަލް ފޭސް މާސްކު އަދި 200 ފޭސް ޝީލްޑް ހަދިޔާކޮށްފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑަމިކުން އަރައިގަތުމަށް ދިވެހިރާއްޖެއިންވެސް މަސައްކަތް ކުރަމުންދާއިރު، އެމްއާރުސީ އާއި އެ ޖަމިއްޔާގެ ވޮލަންޓިއަރުން ދަނީ ކެނޑިނޭޅި މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެއްބާރުލުން ދެމުންނެވެ.