English Edition
Dhivehi Edition

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިއަދު ދިވެހިރާއްޖޭ އަޑުގައި މިކަމަށްޓަކައި ޚާއްޞަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

144.8 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި ޓަރމިނަލް ބިލްޑިންގ ހެދުމުގެ އިތުރުން އެއަރޕޯރޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

600 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ސޮއިކުރެވުނު މި ކޮންޓްރެކްޓްގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟިލް އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤެވެ.

44.9 ހެކްޓަރުގެ ބިމެއް އޮންނަ ފަރެސްމާތޮޑާގެ އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅެމުން ގެންދެއެވެ. ކުރިން ދެ ރަށެއްގެ ގޮތުގައި އޮތް ފަރެސް އަދި މާތޮޑާ ހިއްކައިގެން އެއް ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވީ 2007 ވަނަ އަހަރުގައެވެ.