English Edition
Dhivehi Edition
ޔޫތު މިނިސްޓްރީ ހިންގަމުން އަންނަ ވެލާނާގެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މަދަނީ ޖަމްޢިއްޔާތަކަށް ހިންގޭ ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ފަރާތުން ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރަދަނާ ކުރުމުގެ ގޮތުން، މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވަރޗުއަލް ވޯރކްޝޮޕެއް 22 ނޮވެމްބަރ 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ވޯރކްޝޮޕްގައި ކޮންމެ ޖަމްޢިއްޔާ އަކުން 1 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ދެ ގަޑިއިރުގެ މުއްދަތަކަށް އޮންލައިންކޮށް ކުރިއަށްދާ އެ ވާރކްޝަޕްގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. އެ ވާރކްޝޮޕްގައި ބައިވެރިވުމަށް މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު އައިޑީ ކާޑުގެ ދެ ކޮޕީ އާއެކު ނޮވެންބަރު 16 ވަނަ ދުވަހުގެ 12:00ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.