English Edition
Dhivehi Edition

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ‘މީދޫ ޢީދު އުފާ 1438،ގެ ކުޅިވަރުތައް އިއްޔެ ފަށައިފިއެވެ. ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ކުޅިވަރުތައް ފަށާފައިވަނީ ދަނޑިޖެހުމާއި ބޮޑު މަސް ދުއްވުމުގެ ހަރަކާތުންނެވެ.

މީދޫ ޖެޓީ ސަރަހައްދުގައި އިއްޔެ ކުރިއަށްދިޔަ ކުޅިވަރުތަކުގެ ތެރޭގައި ބަށިކުޅުމާއި ވާދެމުން އަދި ބޮޑު މަސް ބޭނުން ހިމެނެއެވެ. އިއްޔެ ކުޅުނު އެކުވެރިކަމުގެ ބަށި މެޗު ރަތް ޓީމުން ކާމިޔާބުކޮށްފައިވާއިރު އަންހެންގެ ވާދެމުމުން މޮޅުވެފައިވަނީ ނޫޓިމެވެ. މީގެ އިތުރުން ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނުންގެ ވާދެމުން ކާމިޔާބު ކޮށްފައިވަނީ ދިވެހިންގެ ޓީމުންނެވެ .މީދޫގެ ގިނައަދަދެއްގެ ރައްޔަތުން ބައިވެރިވި މި ކުޅިވަރުތަކުގައި ބޮޑު މަސްބޭނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަޟްހާ އީދާއި ގުޅިގެން މިއަދު ބާއްވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފައިވާއިރު މޫސުން ރަގަޅުވުމާއެކު ކުޑަކުދިންގެ ހަވީރު ބާއްވާނެ ކަމަށް މި ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.

މިދިޔަ އަހަރުވެސް މީދޫގައިވަނީ އަޟްހާ އީދު ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ގޮތުން އުޟްހިޔާ ކަތިލުމާއި، ބޮޑު މަސް ބޭނުނުމުގެ އިތުރަށް ގިނަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އީދު ހަދިޔާގެ ނަމުގައި ހާއްސަ ލަކީ ޑްރޯއެއް ބާއްވާފައިވާއިރު މި އިނާމުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހާމް ހަސީބްއެވެ.