އައްޑޫސިޓީގައި ކަރަންޓީން ގައި ހުރި މީހެއްގެ ޓެސްޓުގެ ނަތީޖާ ކަށަވަރުނުވާތީ މާލެ ފޮނުވައިގެން ހެދި ޓެސްޓުން ނެގެޓިވް ކަމަށް ދައްކައިފިއެވެ. މިކަން އޭނާގެ ޢާއިލާއިން ވަނީ ފޭސްބުކް މެދުވެރިކޮށް ހާމަކޮށްފައެވެ.

އައްޑޫސިޓީގައި ހެދި މިމީހާގެ ފުރަތަމަ ކޮވިޑް ޓެސްޓުން އޭނާ ޕޮޒިޓިވް ވި ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އިން ޢާއިލާއަށް އަންގައި ޑައިރެކްޓް ކޮންޓެކްޓް ވި މީހުން އެކަހެރި ކޮށްފައިވަނިކޮށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުންވަނީ އެއީ އިންކޮންކްލޫސިވް ނަތީޖާއެއް ކަމަށް ބުނެ އަލުން ސާމްޕަލް ނަގައި މާލެ ފޮނުވައިގެން ޓެސްޓު ކުރުމަށް ނިންމާފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޢަދަދު 11893 އަށް އަރައެވެ. އޭގެ ތެރެއިން 838 މީހުން ފިޔަވައި އެހެން އެންމެން ވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން 38 މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ.